ރައީސްގެ ދެ ކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފި

ރައީސާއި އަނބިކަނބަލުން: ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން އަނެއްކާވެސް ސިންގަޕޫރަށް ފުރާވަޑައިގެންފައި -- ފޮޓޯ/ ރައީސް އޮފީސް

ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެ ކަނބަލުން ރޭ ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެ ކަނބަލުން ސިންގަޕޫރަށް ވަޑައިގަތީ ރޭގެ ވަގުތެއްގައި ކަމަށެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު ތަފުސީލެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއީ ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން އެ މަނިކުފާނު ސިންގަޕޫރަށް ކުރައްވާ ހަތް ވަނަ ދަތުރުފުޅެވެ. އަދި ހަވަނަ ނުރަސްމީ ދަތުރުފުޅެވެ.

އެންމެ ފަހުން ރައީސް ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅެއް ކުރެއްވީ ނިމުނު މެއި މަހުގެ 24 ގައެވެ. ހަ ދުވަހަށް ކުރެއްވި އެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެ މަނިކުފާނު ރާއްޖެ ވަޑައިގަތީ އެ މަހުގެ 30 ވަނަ ދުވަހުގައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ވެރިކަމަށް ވަޑައިގަތުމަށްފަހު އެ މަނިކުފާނު އެންމެ ގިނައިން ދަތުރުފުޅު ކުރައްވާފައި ވަނީ ވެސް ސިންގަޕޫރަށެވެ.

comment ކޮމެންޓް