ޖެހިޖެހިގެން ތިންވަނަ ވޯލްޑްކަޕު ގެއްލުމަށްފަހު، ހަތަރު ފަހަރަށް އެ މުބާރާތް ކާމިޔާބުކޮށްފައިވާ އިޓަލީން ޔުއެފާ ނޭޝަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުންވެސް ބަލިވެއްޖެއެވެ.
ވޯލްޑްކަޕް ކޮލިފައިންގ ޕްލޭއޮފްގައި މާރިޗު މަހު ބޮސްނިއާ އާ ދެކޮޅަށް ކުޅޭ ބަލިވި މެޗަށްފަހު އިޓަލީ ކުޅުނު ފުރަތަމަ މެޗުގައި ނޭޝަންސް ލީގުގައި ބެލްޖިއަމް އަތުން އެޓީމު ބަލިވެފައިވަނީ 0-2 ގެ ނަތީޖާއަކުންނެވެ.
ތަޖުރިބާކާރު ކޯޗު ރޮބަރޓޯ މަންޗީނީގެ އިރުޝާދުގެ ދަށުން އިޓަލީ ކުޅުނު ފުރަތަމަ މެޗު ބަލަންގޮސް ތިބި މީހުންގެ އަދަދުވެސް ވަރަށް މަދުކަން ފާހަގަވިއެވެ. ގާތްގަނޑަކަށް 70،000 ސަޕޯޓަރުންގެ ޖާގަ އޮންނަ ސްޓޭޑިއޯ އޮލިމްޕިކޯއަށް މެޗުބަލަން ވަދެފައިވަނީ އެންމެ 47،155 މީހުންނެވެ.
މެޗުގައި ބެލްޖިއަމުން ޖެހި ދެ ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީފައިވަނީ ގައުމީ ޓީމަށް ފުރަތަމަ ފަހަރަށް ލަނޑެއް ޖަހައިދިން މިކާ ގޮޓްސްއެވެ.
މިއީ އިޓަލީ ހާފުގެ މެދެއްހައި ހިސާބުން ކެވިން ޑި ބްރޫނާ ދިން ޕާހެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ، އިޓަލީގެ ތިން ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ޖެހި ލަނޑެކެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު މެޗުގެ 69 ވަނަ މިނެޓުގައި ޖަހާފައިވަނީ ޑޮޑީ ލުކެބާކިއޯއެވެ.
މިއީ އިޓަލީގެ ގިނަ ކުޅުންތެރިންތަކެއް އޭނާ އަތުން ބޯޅަ އަތުލަން މަސައްކަތްކުރަނިކޮށް ޕެނަލްޓީ އޭރިއާ ބޭރުން ޖެހި ހިތްގައިމު ލަނޑެކެވެ. ބެލްޖިއަމްގެ ދެ ލަނޑުންވެސް ކައުންޓަރ އެޓޭކުގައި އިޓަލީގެ ޑިފެންސް ފޫއަޅުވާލަން ފަސޭހަ މިންވަރު ފެނުނެވެ. މެދުތެރެއިން ދޭ އެންމެ ޕާހަކުން މުޅި ޑިފެންސްލައިން އެއްކޮށް ކަހަލަ ގޮތަކަށް ބީޓުވެއެވެ.
އިޓަލީ ފުޓުބޯޅަ ޓީމުގެ ކޯޗު މަންޗީނީ --މި މެޗުގައި މަންޗީނީ ވަނީ ވޯލްޑްކަޕް ކޮލިފައިންގައި އިޓަލީ ޓީމުގައި މުހިންމު ދައުރެއް އަދާކުރި ގިނަ ކުޅުންތެރިންތަކަކަށް ފުރަތަމަ އެގާރައިން ޖާގަދީފައެވެ.
އިޓަލީއަށް ކުރިއަށް ހުރީވެސް އުނދަގޫ މެޗުތަކެކެވެ. އެގޮތުން އަންނަ ހޯމަ ދުވަހު ތުރުކިޔޭއާ ދެކޮޅަށް އެގައުމުގައި ކުޅޭއިރު އެއަށްފަހު ހުކުރު ދުވަހު ކުޅޭނީ ފްރާންސްއާ ދެކޮޅަށެވެ.
އިޓަލީން އެންމެ ފަހުން ހޯދި ކާމިޔާބީ ކަމަށްވާ 2021 ވަނަ އަހަރުގެ ޔޫރޯ މުބާރާތް ކާމިޔާބުކޮށްފައިވަނީ މަންޗީނީގެ އިރުޝާދުގެ ދަށުންނެވެ. ނަމަވެސް އޭނާ ވަނީ 2023 ވަނަ އަހަރު އިޓަލީ ދޫކޮށް، ސައުދީ ގައުމީ ޓީމާ ހަވާލުވެފައެވެ.