ސަޖަލް އާއި އަލީ ޒަފަރުގެ އާ ޑްރާމާ ސީރީޒްއަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް

ޕާކިސްތާނުގެ މަޤުބޫލު ފިލްމީ ތަރިން ކަމަށްވާ ސަޖަލް އަލީ، އަލީ ޒަފަރު އަދި ބިލާލް އައްބާސް--ފޮޓޯ/ފޭސްބުކް

ލަވަކިޔުމާއި މިއުޒިކީ ދާއިރާއިން ބޮޑު މަގުބޫލުކަމެއް ހޯދައި، "ރޮކްސްޓާ"ގެ ނަމުން މަޝްހޫރުވެފައިވާ ޕާކިސްތާނުގެ އެކްޓަރު އަލީ ޒަފަރު އާއި އުއްމީދީ ފިލްމީ ކެރިއަރެއް އޮތް ބަތަލާ ސަޖަލް އަލީ މުޅީން އާ ޑްރާމާ ސީރީޒްއެއްގައި މަސައްކަތްކުރަން ނިންމާފައިވާކަން އިއުލާނުކޮށްފިއެވެ.

ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ އާ ޑްރާމާ "ލަހޫ"އިން އަލީ ޒަފަރު ފެނިގެންދާނީ މުހިންމު ރޯލަކުންނެވެ. ސަގްލައިން އައްބާސްގެ ވާހަކައަކަށް ސައްޔިދު ވަޖާހަތު ހުސައިން ޑައިރެކްޓްކުރާ މި ޑްރާމާގެ މައިގަނޑު ރޯލުތަކުން ސަޖަލް އަލީގެ އިތުރުން ބިލާލް އައްބާސް ޚާން ފެންނާނެކަންވެސް ވަނީ އިޢުލާނުކޮށްފައެވެ.

ވެބް ސީރީޒް "ލަހޫ"ގެ ޕޯސްޓަރެއް--ފޮޓޯ/ފޭސްބުކް

އަލީ ޒަފަރު އަލުން އެކްޓިންގެ ދާއިރާއަށް ނުކުންނަ ޚަބަރާ އެކު، ސޯޝަލް މީޑިއާގައި ސަޕޯޓަރުން އަންނަނީ ވަރަށް ބޮޑަށް އުފާފާޅުކޮށް ޝުއޫރު ފާޅުކުރަމުންނެވެ. އެގޮތުން ޑްރާމާ އިންޑަސްޓްރީއަށް އޭނާއަށް މަރުހަބާ ކިޔައި، ގިނަ ދުވަސްތަކަކަށްފަހު ސްކްރީނުން ފެންނަން އުޅޭތީ އުފާވާކަން ފާޅުކޮށް ގިނަ އަދަދެއްގެ ބަޔަކު ދަނީ ހެޔޮއެދުމާއި ތަހުނިޔާގެ މެސެޖުތައް ހިއްސާކުރަމުންނެވެ.

ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު "ކޮލެޖް ޖީންސް"އިން އެކްޓިން ކެރިއަރު ފެށި އަލީ ޒަފަރު ވަނީ ބޮލީވުޑްގެ ކާމިޔާބު ގިނަ ފިލްމުތަކަކުންވެސް ފެނިގެން ގޮސްފައެވެ.

އޭނާ އެންމެ ފަހުން ފެނުނު ފިލްމު "ޓީފާ އިން ޓްރަބަލް" އަކީ ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމެކެވެ. އެ ފިލްމަށްފަހު އެކްޓިން ދާއިރާއާ ދުރުގައި ދުވަސްތަކެއް ހޭދަކުރުމަށްފަހު، ވިއްސަކަށް އަހަރުގެ މެދުކެނޑުމަކަށްފަހު އަލީ ޒަފަރު މިވަނީ އަނެއްކާވެސް ޓީވީ ޑްރާމާއަކުން ފެނިގެންދިއުމަށް ތައްޔާރުވެފައެވެ.

comment ކޮމެންޓް